English Edition
Dhivehi Edition
އުރީދޫ ފަންރަން.ފޮޓޯ އުރީދޫ

މިއަހަރުގެ “އުރީދޫ ފަން ރަން 2026” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ދުވުން، ކުރިއަށް ދަނީ ޑިސެމްބަރު 11ވަނަ ދުވަހު ަވީރު 4:00 އިން އިރުއޮއްސި 6:00 ހުޅުމާލޭގައެވެ. މި ދުވުމުގައި 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ. މިއީ 5 ކިލޯމީޓަރުގެ ދުވުމެކެވެ. މި ދުވުމުގައި މަޖާ އޮބްސްޓިކަލްތަކާއި ތަފާތު މަޖާ ހަރަކާތްތައް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ނޫނީ ނަށަމުންވެސް މި ދުވުން ނިންމާލެވިދާނެއެވެ

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއްގެ ތެރެއިން ބޭނުންވާ ކިޓެއް އިހުތިޔާރު ކުރެވޭނެ އެވެ. އެއީ 210ރ. ގެ ފަން ކިޓާއި 110ރ. ސްޓޭންޑާޑް ކިޓެވެ. ފަން ކިޓުގައި ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ، ދަބަހާއި އައި ގްލާސް ހިމެނެއެވެ. މީގެ އިތުރުން އޮކްޓޯބަރު 31ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި ބިބްގައި ބައިވެރިން ބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ލިބޭނެއެވެ. ސްޓޭންޑާޑް ކިޓްގައި ހިމެނެނީ ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ އަދި ބިބްއެވެ.

މި ދުވުމުގެ ފޯރި އިތުރުކުރުމުގެ ގޮތުން، ޕްރީ އިވެންޓު ހަރަކާތްތަކެއް ބޭއްވުމުގެ ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުޑަކުދިންގެ ހަވީރެއް އޮންނާނެ އެވެ. އަދި އެރޭ 8:00 އިން 12:00 އަށް މިޔުޒިކް ޝޯއެއް އޮންނާނެ އެވެ.