ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުމަށް ބާއްވަން ނިންމައިފިއެވެ
ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާއި ގުޅިގެން ދިވެހި ސަރުކާރުން ކުއްލި ހާލަތު އިއުލާނު ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލަ އާއި ގުޅިގެން އދ ގެ ސަލާމަތީ މަޖިލީހުން މިއަދު ބާއްވަން ނިންމާފައިވާ ސިއްރު ބައްދަލުވުމުގައި އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުން ރާއްޖެއާ ބެހޭ ރިޕޯޓެއް ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފައެވެ
ރާއްޖޭގައި ކުއްލި ހަލާތު އިއުލާން ކުރުމާއި ގުޅިގެން އދ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އދ އިން ވަނީ ރާއްޖޭގެ ސްޓޭޓް އޮފް އެމެޖެންސީ އުވާލުމަށާއި ވަގުތުން ވަގުތަށް ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކޮށް ކުރީގެ ރައީސް މައުމޫން އާއި ފަނޑިޔާރުން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ