English Edition
Dhivehi Edition
ކ. ގުރައިދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ގޫގުލް

ކ. ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 20:36 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި 37 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އޭނާގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް ވަނީ އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް އޭނާ މިހާރުމާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށްވެސް މި މާރާރީގައި އަނިޔާ ވެފައިވެއެވެ. މި މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.