އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ދިވެހި ފިލްމު “ކީއްވެ” ގެ ޓިކެޓު ބުކިން މިހާރު ވަނީ އޮންލައިންކޮށް ހުޅުވާލާފައެވެ.
މި ފިލްމަކީ ދިވެހި ސިނަމާގައި ފާހަގަކޮށްލެވޭ މަޝްހޫރު ފަންނާނުންތަކެއްގެ އެނބުރި އައުމަކާއެކު އަންނަ ވަރަށް ހާއްސަ ފިލްމެކެވެ. އަންނަ މަހުގެ 25 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި މި ފިލްމު އަޅުވަން ތައްޔާރުވަމުން އަންނައިރު ވައިބާ މެދުވެރިކޮށް 7458800 އަށް މެސެޖު ކުރުމުން ޓިކެޓު ބުކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން މިލްމުގެ ޓިކެޓެއް ނަގާ ފަރާތްތަކުގެ މެދުގައި ނެގޭ ޚާއްސަ ގުރުއަތަކުން ހޮވޭ ފަރާތަކަށް 4,000 ރުފިޔާ ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މޫސާ މަނިކު (ރީކޯ މޫސަ) 25 އަހަރަށް ފަހު އަލުން ފިލްމެއްގެ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ޑައިރެކްޓަރު އީޝާ ޝަރީފް އެވެ. މިއީ 22 އަހަރަށް ފަހު އީސަ ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ. ކުރިން މި ދެ ފަންނާނުން ގުޅިގެން ގެނެސްދިން މަޝްހޫރު ފިލްމު “ފަތިސްހަނދުވަރު” އަކީ މިއަދުވެސް ބެެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލްމެކެވެ.