English Edition
Dhivehi Edition

މާލެ ފަތާ ޓްރެކް ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގެ މަޑިދަށުން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ވަނީ ފައިސާ ނެގިކަމަށް އިއުތިރާފުވެފައެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން ތުހުމަތުކުރެވޭ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 40،000 ރުފިޔާ ވަނީ ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައެވެ. ނަމަވެސް، ބާކީ 55،000 ރުފިޔާ ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ، އެ ފައިސާ ހޯދުމުގެ މަސައްކަތް ތަޙުޤީޤުގެ ތެރެއިން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.