English Edition
Dhivehi Edition

ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް އެހެން ގައުމަކުން ވަނުމާ ދެކޮޅު ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޗައިނާގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ މައްސަލަތަކީ ދާހިލީ މައްސަލަތައް ކަމަށާއި ޗައިނާ އިން ދަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންކަމުގައެވެ

މީގެ އިތުރުން ޗައިނާގެ ތަރުޖަމާނު ވިދާޅުވީ ރާއްޖޭގައި ތަފާތު ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ހައްލުކޮށް ރާއްޖެ އާއްމު ހާލަތަށް ރުޖޫއަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ