English Edition
Dhivehi Edition

ސައުދީ އަރަބިއްޔާގެ މައްކާގެ މަތީގައިވާ މަނާ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން، ޔަމަނުގެ ޙޫޘީން ފޮނުވާލި ޑްރޯނެއް ސައުދީ ވައިގެ ދިފާއީ ބާރުތަކުން އިންޓަސެޕްޓްކޮށް ވައްޓާލައިފިއެވެ.

މިކަން ހާމަކުރައްވަމުން ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވީ، އިސްލާމްދީނުގެ އެންމެ މުޤައްދަސް ދެ ޙަރަމްފުޅާއި ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ “ރަތް ރޮނގެއް” ކަމަށެވެ. އަދި ޙޫޘީންނާ ދެކޮޅަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ކޯލިޝަނުން އަޅާނެކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ. މިއީ ޙޫޘީން މައްކާއަށް ހަމަލާދޭން މަސައްކަތްކުރި ދެވަނަ ފަހަރު ކަމަށްވެސް ކޯލިޝަނުން ފާހަގަކުރެއެވެ.

ނަމަވެސް، ޙޫޘީންގެ ސަބާ ނިއުސް އެޖެންސީން ބުނެފައިވަނީ، މައްކާއަށް ނުވަތަ އެނޫންވެސް މުޤައްދަސް ތަނަކަށް އެ ޖަމާއަތުގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

މައްކާ ހިމެނޭހެން ސަޢުދީ ޢަރަބިއްޔާގެ އެކި ސަރަޙައްދެއްގައި އަންގާރަ ދުވަހު ވަނީ ސަލާމަތީ އެލަރޓްތައްވެސް ނެރެފައެވެ.

ޓެގު