English Edition
Dhivehi Edition
އަލީ އިހްސާން ފޮޓޯ: މިނިސްޓްރީ

ކަޅު ބާޒާރުގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރިކުރާ 12 ބިދޭސީއެއްގެ މައްސަލަ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ތަހުގީގުކުރަން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ، ހާއްސަ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 12 މީހެއްގެ މައްސަލަ ބަލަމުންދާއިރު، އޭގެ ތެރެއިން 9 ބިދޭސީއަކު މިހާރު ވަނީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންގޮސްފައެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަނީ ދިވެހިންގެ ނިވާފަތްގަނޑުގައި ކަމަށްވާނަމަ، އެކަމުގައި ބައިވެރިވާ ދިވެހިންނަށްވެސް ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. އަދި ގާނޫނު ތަންފީޒް ކުރަން ފެށުމުން ބިދޭސީ މީހާއަށް އިހުމާލުވާކަން އެނގޭކަމަށާއި އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ދިވެހި މީހާ ޖޫރިމަނާ ކުރެވޭނެކަމަށެވެ.

އިތުރަށް އިހްސާން ވިދާޅުވީ މުސާރައިގެ ގޮތުގައި ލިބޭ ފައިސާ ދިވެހި ވިޔަފާރިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ކޮންމެ ދުވަހަކު ޑޮލަރަށް ބަދަލުކުރުމަށްފަހު ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ސްމަގްލް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.