ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުގައި ހުންނެވި އަބްދުﷲ ނާޒިމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނާޒިމް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ރައީސް އޮފީހުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމަވައި، އެކަން އޭނާއަށް އަންގަވާފައި ވަނިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށުނުއިރުވެސް ނާޒިމް ހުންނެވީ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ. އެއަށްފަހު، ކެބިނެޓަށް ގެނައި ބަދަލާއެކު ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރެއްވުމަށްފަހު، އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ވަޒީރު ފެންވަރުގައި ރައީސް އޮފީހުގެ ސެކްރެޓަރީގެ މަގާމަށް ދެވަނަ ފަހަރަށް ނާޒިމް އައްޔަންކުރެއްވީ ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.