English Edition
Dhivehi Edition
ސިނަމާލެ ބުރިޖަށް ރޭ އުރުނު ބޯޓު

މާލޭ ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދެ ބޯޓު ރޭގެ ވަގުތެއްގައި އޮޔާ ގޮސްފައިވާއިރު އެ ދެ ބޯޓު މިހާރު އަޑިއަށްގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ރޭ ސިނަމާލެ ބުރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް، އެ ބޯޓުތަކުގައި ތިބި 9 ފަޅުވެރިން ސަލާމަތްކޮށްފައިވާކަމަށެވެ.

މި ދެ ބޯޓަކީ ވަރަށް ބާވެފައިވާ ދެ ބޯޓަށްވުމާއެކު، ބޯޓu ދިޔަވެ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށްގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި ބޯޓުގައި ތިބި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ބްރިޖު އިމާރާތްކުރި ސެކަންޑް ހާބަރު އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރޭގައާއި މިއަދު ހެނދުނު ވަނީ ބްރިޖުގެ ހާލަތު ބަލައި އިންސްޕެކްޓް ކޮށްފައިކަމަށެވެ.