ސްކޫލްތަކުގެ މިޑް ޓާމް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ޚާއްސަކޮށްގެން އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި ނަންބަރު އައިނު ފްރޭމްތަކުން 25 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އައިކެއަރއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 26ގެ ނިޔަލަށެވެ. މިއީ ބަންދު ދުވަސްވަރު ދަރިވަރުންގެ ލޮލުގެ ޓެސްޓުތައް ހަދައި، ސްކޫލްތައް ހުޅުވުމުގެ ކުރިން އައިނު އައުކޮށްލަން ބެލެނިވެރިންނަށާއި ދަރިވަރުންނަށް ލިބޭނެ ރަނުގެ ފުރުސަތެއްކަމުގައި އައިކެއަރ އިން ވަނީ ބުނެފައެވެ.
އެ އޮފާ ހުޅުވާލައިފައިވަނީ އުމުރުން 25 އަހަރުން ދަށުގެ ސްކޫލް އަދި ކޮލެޖް ދަރިވަރުންނަށެވެ. ޑިސްކައުންޓް ލިބޭނީ އައިނު ބޭނުންކުރާ ދަރިވަރު އައިކެއަރގެ އައުޓްލެޓަށް ހާޒިރުވެގެންކަން ފާހަގަކޮށް އައިކެއަރ އިނ ްބުނީ އުމުރުން 18 އަހަރުން މަތީގެ ދަރިވަރުން ޑިސްކައުންޓް ހޯދުމަށް ސައްހަ ސްޓޫޑެންޓް އައިޑީ ކާޑު ނުވަތަ ކިޔަވާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އައިކެއަރއިން މައުލޫމާތު ދޭ ގޮތުގައި 25 އިންސައްތައިގެ ޑިސްކައުންޓް ލިބޭނީ ހަމައެކަނި ފްރޭމްތަކަށެވެ. އެގޮތުން ޝަރުތު ހަމަވާ ދަރިވަރަކަށް އެއް ފްރޭމަށްވުރެ ގިނަ ފްރޭމް ވެސް ޑިސްކައުންޓް އަގުގައި ގަތުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކޮށް އައިކެއަރ އިން ބުނީ މި ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައި ވެސް ކުރިއަށްދާނެ ކަމަށެވެ.