English Edition
Dhivehi Edition
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މާލެދީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ 1 އިން 3 އަށް މާލޭގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މުހައްމަދު ޝިފާޒު ވިދާޅުވީ، ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ބާއްވަންޖެހޭ މި ކޮންގްރެސް ކުރިއަށްދާނީ މާލޭ ސިޓީ ކައުންސިލްގެ ހޯލުގައި ކަމަށެވެ.

ގައުމަށް ލިބޭ އާމްދަނީ ދެގުނަ ކުރުމުގެ އަމާޒުގައި “ރަށްވެހި އުފެއްދުން” ޝިއާރުގެ ދަށުން ކޮންގްރެސްގެ ސެޝަނެއް އިންވެސްޓްމަންޓް ފޯރަމަކަށް ހާއްސަކުރެވޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްތަކުން ހުށަހަޅާ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައިދިނުމަށް ބާއްވާ މި ފޯރަމަށް މިހާރުވެސް 74 ޕްރޮޖެކްޓެއް ލިބިފައިވާއިރު، ކޮންގްރެސް ފެށެންވާއިރަށް 100 އަށްވުރެ ގިނަ ޕްރޮޖެކްޓް ހުށަހެޅޭނެ ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓާކުރުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހު އޮންލައިންކޮށް ހުޅުވާލާނެއެވެ. އަދި މިމަހުގެ 30 އިން ފެށިގެން ބައިވެރިންނަށް ފާސް ދޫކުރަން ފަށާނެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަނީ، 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސް ބޭއްވުމަށް އެކަށީގެންވާ ބޮޑު ތަނެއް ސަރުކާރުން ހަމަޖައްސައިދީފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.