English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޭ އެކަނިވެރި މައިންނާއި ބަފައިންގެ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޮގަސްޓު މަހު އަލަށް 87 މީހަކު ވަނީ ރަޖިސްޓްރީކޮށްފައެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އަލަށް ރަޖިސްޓްރީކުރި މީހުންނާއެކު އިތުރު 179 ކުއްޖަކަށް ވަނީ މާލީ އެހީ ހަމަޖެހިފައެވެ. އަދި އޮގަސްޓު މަހުގެ ނިޔަލަށް މި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭ މައިންނާއި ބަފައިންގެ ޖުމްލަ އަދަދު 3,357 އަށް އަރާފައިވާއިރު، އެހީ ލިބޭ ކުދިންގެ ޖުމްލަ އަދަދަކީ 5,206 އެވެ. އޮގަސްޓު މަހު އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް ޖުމްލަ 17,469,000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށި އައު އުސޫލުގެ ދަށުން، އެކަނިވެރި މައިންނާއި ބަފައިންނަށް ކޮންމެ ކުއްޖަކަށް މަހަކު 3,000 ރުފިޔާ ދޫކުރެއެވެ. މިގޮތަށް އެންމެ ގިނަވެގެން ފައިސާ ދޫކުރަނީ 4 ކުދިންނަށް ކަމަށްވާއިރު، 4 ކުދިންނަށްވުރެ ގިނަވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1,000 ރުފިޔާގެ ނިސްބަތުން އާއިލާއަކަށް މަހަކު އެންމެ ގިނަވެގެން 15,000 ރުފިޔާ ލިބޭނެއެވެ.

މި އެލަވަންސަކީ ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމެކެވެ.