English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

މާލެއިން މީހަކު ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން، ހޯދަމުންދަނީ ގުލްޒާރުގެ / ލ.މުންޑޫ، މަރްޔަމް މާއީ ޖަމީލް (25އ)އެވެ.

ފުލުހުން ބުނީ މަރްޔަމް މާއީ ޖަމީލް މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އެހެންކަމުން އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.