މިދިޔަ ހަފްތާގެ ބުރާސްފަތިދުވަހުގެރޭ ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ހިމެނޭ އިދިކޮޅު ލީޑަރުން މިނިވަންކުރުމުގެ ބައި ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ
ސުޕްރީމް ކޯޓުން ދެންމެ ނެރުނު އަމުރުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު އެ ކޯޓުން ނެރެފައިވާ އަމުރުގައި ހިމެނޭ، ސިޔާސީ މީހުން މިނިވަން ކުރުމުގެ ބައި ބާތިލްކޮށްފައިވާކަމަށެވެ. އަދި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އަށް ނުބެލޭ ބައި ވެސް ބާތިލްކޮށްފައިވާކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. މިރޭ ނެރުނު އަމުރުގައި ސޮއިކުރައްވާފައި ވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންނެވެ