English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން މާލެތެރެ ހަލަބޮލިވެފައިވަނިކޮށް ރޭ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ހިފަހައްޓާފައިވާ ޤާނޫނު އަސާސީގެ މާއްދާތަކުގެ ތެރެއަށް ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ހ. ނ، އަދި ރ އިތުރުކޮށްފިއެވެ

މިއަދު އިތުރުކުރި މާއްދާތަކާއެކު ބަންދުކުރެވޭ މީހުން ބަންދުކުރާއިރު ބަންދުކުރާ ސަބަބު އަންގާކަށް ނުޖެހޭނެއެވެ.އަދި 24 ގަޑިއިރު ތެރޭގައި މުއްދަތު ޖަހަން ކޯޓަށް ގެންދަން ނުޖެހޭއިރު މި މާއްދާގެ ސަބަބުން ހަނުހުރުމުގެ ޙައްޤުވެސް ގެއްލޭނެއެވެ

މިއަދު ގެނައި މި ބަދަލާއިއެކު ރެއިން ފެށިގެން ބަންދުކުރަމުންދާ އެއްވެސް މީހަކު ކޯޓަށް ހާޒިރުކޮށް ކޯޓުން މުއްދަތުޖަހާކަށް ނުޖެހޭނެއެވެ.އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައި ބާއްވާހައި ދުވަހެއްގައި ބަންދުގައި ބެހެއްޓޭނެއެވެ

މިހާރު ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ފުލހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ