English Edition
Dhivehi Edition

ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖުގައި ރޭ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެފްސީ ވޯރިއާސް ރޮއްވާލުމަށްފަހު އެފްސީ ކޮއިން އިން ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ މިދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗު އެފްސީ ކޮއިން އިން އެފްސީ ވޯރިއާސް އަށް ލަނޑުޖަހާނެ ފުރުސަތެއް ނުދީ މި މެޗު ނިންމާލީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފަގައި ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތައް އުފައްދާ މެޗިގެ ލީޑް ނެގުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވެއެވެ. އެހެންނަ،މަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

May be an image of football, soccer and text that says 'SARTS SP SPERTS SPE 2026 AK3HИA GAN FUJ HALLENO an 68'
މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒައިން

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ހާފްގައި އެފްސީ ކޮއިން އިން ވަނީ މެޗުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެ ޓީމްގެ ޒައިންގެ ފަރާތުން އާދެޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ދެވަނަ ހާފްގައި އޭނާވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އެ ޓިމްގެ އަލީ އާމިރު ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މި ފޯރިގަދަ ސެމީ ފައިނަލް މެޗު ނިމިގެން ދިޔައީ އެފްސީ ވޯރިއާސް އަށް ނަތީޖާ ބަދަލުކޮށްލާނެ އެެއްވެސް ފުރުސަތެއް ނުލިބިއެވެ.