English Edition
Dhivehi Edition
ޔޫތު އެފްސީ

ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޔޫތު އެފްސީ ބަލިކޮށް ޗޮކޯ އެފްސީން ފުރިހަމަ މޮޅެއް ހޯދައިފިއެވެ.

މި މެޗު ޗޮކޯ އެފްސީން ކާމިޔާބުކުރީ 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ފުރަތަމަ ހާފުގައި ޗޮކޯ އެފްސީން ވަނީ މެޗުގެ ފުރިހަމަ ކޮންޓްރޯލް ނަގައި، އެއް ހާފުގެ ތެރޭގައި ޔޫތު އެފްސީގެ ގޯލަށް 6 ލަނޑު ޖަހާފައެވެ. ދެވަނަ ހާފު ފެށިގެން ޔޫތު އެފްސީން ކުޅުން ރަނގަޅުކޮށް، އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހި ނަމަވެސް، ޗޮކޯ އެފްސީން ވަނީ ދެވަނަ ހާފުގައިވެސް އިތުރު ލަނޑެއް ޖަހައި ނަތީޖާ 1-7 އަށް ބަދަލުކޮށްފައެވެ.

މި މެޗުގައި ޗޮކޯ އެފްސީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ފައިސަލް، ނައުފަލް އަދި ފިރާޒްއެވެ. މީގެ އިތުރުން ޒިޝާން އާއި ޒާލިފް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. މެޗުގައި ޔޫތު އެފްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ޝައްޔުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗޮކޯ އެފްސީގެ ޒާލިފްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި އެފްސީ ވަހޫ އާ ބައްދަލުކޮށް ކޮއިން އެފްސީން ވަނީ ފަސޭހަކަމާއެކު 1-5 އިން މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ކޮއިން އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އަލީ އާމިރު އާއި ޒައިން ވަނީ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އެ ޓީމުގެ އަލްހާންވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގައި އެފްސީ ވަހޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޝަޒީންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮއިން އެފްސީގެ އަލީ އާމިރުއެވެ.