English Edition
Dhivehi Edition

ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖުގައި ރޭ ކުޅެވުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު އެފްސީ ކޮއިން އިން ކާމިޔާބުކޮށްފިއެވެ.

އެފްސީ ކޮއިން އިން 3-0 އެއްގެ ނަތީޖާއަކުން ޔޫތު އެފްސީ ބަލިކޮށް، މޮޅުވިއިރު މެޗުގެ ފުރަތަމަ ހާފުގައި އެފްސީ ކޮއިން އިން ވަނީ ލަނޑެއް ޖަހައި މެޗުގެ ކުރިހޯދާފައެވެ. އަދި ދެވަނަ ހާފުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށް، އެޓީމުން ވަނީ މެޗުގެ ލީޑް ހިފަހައްޓާފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އެފްސީ ކޮއިންއަށް ދެ ލަނޑު ކާމިޔާބުކޮށްދިން ޒައިންއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ޗޮކޯ އެފްސީ އިން 3-1 އިގެ ނަތީޖާއަކުން އެފްސީ ވަހޫ ބަލިކޮށް، މުބާރާތުގައި މުހިންމު މޮޅެއް ވަނީ ހޯދާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފްގައި ޗޮކޯ އެފްސީން ވަނީ 3 ލަނޑު ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒާއްލޯއެވެ.