English Edition
Dhivehi Edition

ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖުގައި ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ހަސްތާ ލަވިސްތާ އާއި އެފްސީ ވޯރިއަރސް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް، ހަސްތާ ލަވިސްތާ އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

މެޗުގެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގައި ހަސްތާ ލަވިސްތާ އިން ވަނީ މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެފްސީ ވޯރިއަރސް އިން ދެވަނަ ހާފުގައި ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، މެޗު ނިމިގެންދިޔައީ 2-1 އިން ހަސްތާ ލަވިސްތާ ކުރީގައި އޮވެގެންނެވެ. މި މެޗުގައި ހަސްތާ ލަވިސްތާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝައުން އާއި ރައްމުއެވެ. އެފްސީ ވޯރިއަރސްގެ ލަނޑު ކާމިޔާބުކޮށްދިނީ މުއްޕޭއެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ހޯދާފައިވަނީ ހަސްތާ ލަވިސްތާގެ މައުޝޫޤުއެވެ.

ރޭގެ ދެވަނަ މެޗުގައި އައިލެންޑް ކިންގްސް އާއި ވަން ޕާމް އެފްސީ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 1-1ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަނީ ކުޅުން ރަނގަޅުކޮށް ލަނޑުތަކެއް ޖަހާފައެވެ. އެގޮތުން ދެވަނަ ހާފުގައި އައިލެންޑް ކިންގްސްއިން ލަނޑެއް ޖަހާ ކުރި ހޯދާފައިވަނިކޮށް، ވަން ޕާމް އެފްސީން ވަނީ ދެވަނަ ހާފުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ވަން ޕާމް އެފްސީގެ ޗަންކު އެވެ.