English Edition
Dhivehi Edition
ވަގުތު ފޮޓޯ

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށާއި ޖަލުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމްކޯޓުން ނެރުނު އަމުރާއި ގުޅިގެން މާލެތެރެވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ

އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ ހުކުމް ތަންފީޒުކުރުމަށް ގޮވަމުންދާއިރު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން މި ސަރުކާރުގެ ނިންމުމަށް ތާއިދުކޮށް ރައީސް ޔަމީންއާއި އެކު ތިބިކަން ސާބިތުކޮށް ދިނުމަށްދަނީ މަގުމައްޗަށް ނިކުންނަމުންނެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ސުޕްރީމް ކޯޓުން އިއްވި ހުކުމަށް 96 ގަޑިއަށްވުރެ ގިނަ ވެފައިވާއިރު ސަރުކާރުން އެންމެ ފަހުން މިވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ި ވަނީ 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު،ކުއްލި ހާލަތުގައި ގާނޫނު އަސީން ލިބިދީފައިވާ ބައެއް ހައްގުތަކާއި ބައެއް ގާނޫނުތައް ވަނީ ހިފަހައްޓާފައެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނީ ގޮތުން އަންނާނެ ބައެއް ބަދަލުތަކަކީ:

  • އިޙްތިޖާޖް ކުރުމުގެ ހައްޤު ނެތުން
  • ޒާތީ މުއާމަލާތްތަކާއި. ފޯނުކޯލުތައް އަޑުއެހުމުގައި ހުރަހެއް ނެތުން
  • ކޯޓު އަމުރެއް ނެތި ގެދޮރަށް ވަދެވި، މުދާ ހިފެހެއްޓުމުގެ ފުރުސަތު ލިބުން
  • ކޮންމެ ސަބަބަކަށްޓަކާވެސް ބަންދުގައި ބެހެއްޓުމުގެ އިހްތިޔާރު ލިބުން
  • ބޭނުން ކޮންމެ ވަގުތަކުވެސް އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ލިބުން
  • މަޖިލީހުގެ ކޮމެޓީތަކަށް މީހުން ހާޒިރުނުކުރެވުން
  • ގައުމުގެ ރައީސް، ޕީޖީ އަދި މިނިސްޓަރުން މަގާމުން ދުރުނުކުރެވުން
  • ދުސްތޫރީ އަދި ޝަރުއީ މަރުހަލާގައި އެންމެ ފަހު ބަސް ބުނުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތުން
  • ފަނޑިޔާރުން ހައްޔަރުކުރުމަށް ވަކި އިޖްރާތަކަށް ތަބާވާން ނުޖެހުން