English Edition
Dhivehi Edition

ރޭ ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖު 2026 ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ހަސްތާ ލަ ވިސްތާ އާއި “ވަން ޕާމް” ވާދަކުރި ފޯރިގަދަ މެޗު 2-3 ގެ ނަތީޖާއަކުން ހަސްތާ ލަ ވިސްތާ ކާމިޔާބުކޮށްފިއެވެ.

މީދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ މެޗު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. މި މެޗުގައި ހަސްތާ ލަ ވިސްތާއިން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑުކާމިޔާބުކޮށްދިނީ ނައްސޭއެވެ. އަދި އަޒާން ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ވަން ޕާމްގެ ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗަންކުއެވެ.

މެޗުގެ ތެރޭގައި ދެ ޓީމަށްވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އެގޮތުން ހަސްތާ ލަ ވިސްތާގެ އަޒާން އަށް ރީނދޫ ކާޑެއް ދެއްކިއިރު، ވަން ޕާމްގެ ޔޮއިޝް އަށްވެސް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކައި، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަސްތާ ލަ ވިސްތާގެ ޖާޒީ ނަންބަރު 94، އަޒާން އެވެ.

ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކުޅުނު ދެވަނަ މެޗުގައި އައިލަންޑް ކިންގްސް އާއި އެފްސީ ވަާރިއާސް ވާދަކުރި ފޯރިގަދަ މެޗު 3-3 އިން ވަނީ އެއްވަރުވެފައެވެ.

މި މެޗުގައި އެފްސީ ވަާރިއާސް ޓީމްގެ ޔޫނުސް އެއް ލަނޑު ޖެހިއިރު އައިކްވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި އައިލަންޑް ކިންގްސްއިން އަށް އެއް ލަނޑު ޒާލިފް ކާމިޔާބުކޮށްދިން އިރު ޖައިއްޓޭވަނީ ދެ ލަނޑުޖަހާފައެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދައްކައި، ޓީމަށް މުހިންމު ދައުރެއް އަދާކުރި އެފްސީ ވާރިއާސްގެ ޖާޒީ ނަންބަރު 11، ޖައިއްޓޭ ވަނީ މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ހޯދާފައެވެ.