English Edition
Dhivehi Edition

އައްޑޫ މީދޫ މިނިވަން އުފާ 2026 ގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ހާއްސަ ވޮލީބޯޅަ މެޗު މިރޭ ކުރިއަށް ދާނެ ކަމަށް މި މެޗު އިންތިޒާމު ކުރާ ފަރާތުން ހާމަކޮށްފިއެވެ.

މިރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ހުޅުދޫ ޓީމާއި މީދޫ ޓީމެވެ. މި ދެ ރަށުގެ މަޝްހޫރު ގިނަ ވޮލީ ކުޅުންތެރިންގެ ހުނަރު ފެނިގެންދާ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މީދޫ ކުޅިވަރު އެރީނާގައެވެ.

މި މެޗު އިންތިޒާމު ކުރާ ފަރާތުން ބުނީ މިއީ މިނިވަން ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ދެ ރަށުގެ ދެމެދުގައި އޮންނަ އެކުވެރިކަން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގަސަދުގައި ބާއްވާ ފޯރިގަދަ މެޗެއް ކަމަށެވެ.

އައްޑޫ މީދޫގައި މިއަހަރުގެ މިނވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވަމުން އަންނައިރު މާދަމާ ހަވީރު މަރަދޫފޭދޫ އާއި މީދޫ ޓީމްގެ ބަށި މެޗެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.