English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، އަލްއުސްތާޛު އަމްޖަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އަމްޖަދު މުސްތަފާ އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމުގެ ހުވައި އަމްޖަދު ކުރެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ކުރިފުޅުމަތީގައެވެ.

ހުވައި ކުރެއްވުމަށްފަހު، މަގާމުގެ ލިޔުން އަމްޖަދުއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

އަމްޖަދު މުސްތަފާއަކީ ގާނޫނީ ދާއިރާއިންނާއި ޢާންމު ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ޝަރީއާއިންނާއި ލޯއިން ބެޗްލަރސް ޑިގްރީ އަދި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައެވެ.