English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް

އިނގިރޭސިވިލާތުގެ ޕްރައިމް މިނިސްޓަރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި އެންޑްރޫ ބާނަމަށް ތަހުނިޔާ ފޮނުއްވައި، ރާއްޖޭގެ ތަރައްގީގައި އިނގިރޭސިވިލާތުން ވެދީފައިވާ މުހިންމު އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ. ރައީސް މުއިއްޒު މިކަން ފާހަގަކުރެއްވީ އާ ޕްރައިމް މިނިސްޓަރަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގައި އިނގިރޭސިވިލާތުން އަދާކޮށްފައިވާ މުހިންމު ދައުރާއި ވެދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި، އެ ގައުމަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި އާ ޕްރައިމް މިނިސްޓަރު އެންޑްރޫއަށް މަތިކުރެވުނު މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ޕްރައިމް މިނިސްޓަރު އެންޑްރޫއާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ދެ ގައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.