English Edition
Dhivehi Edition
ފުލުހުން އަތުލައިގަތް މަސްތުވާތަކެތި ފޮޓޯ: ޕޮލިސް

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން 5.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން ރާއްޖެ އައި އިންޑިއާގެ ދެ ފަސިންޖަރެއްގެ ލަގެޖް ފާސްކުރުމުގެ ތެރޭގައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާއިރު މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރަން އުޅުނު ދެ ފަސިންޖަރުން އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަންނަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.