English Edition
Dhivehi Edition

މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގެ ތިން ވަނަ އިންގްލޭންޑުން ހޯދައިިފިއެވެ. އިންގްލޭންޑް މި ކާމިޔާބީ ހާސިލްކުރީ ފޯރިގަދަ ކުޅުމަކަށް ފަހު 6-4 ގެ ސްކޯއަކުން ފްރާންސް ބަލިކޮށްގެންނެވެ.

އަވަސް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާ 4 ލަނޑު ޖަހާފައެވެ. މިގޮތުން ޑެކްލައިން ރައީސް އަދި ކޮންޒާ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހި އިރު، އާސަނަލްގެ ފޯވަޑް ބުކާޔޯ ސާކާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ނަމަވެސް، ދެވަނަ ހާފް ފެށުމާއެކު ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށް ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ދެ ލަނޑު ޖަހައި، ވޯލްޑްކަޕް ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު 22 ގޯލާއެކު މިހާރު ވަނީ ހޯދާފައެވެ. މީގެ އިތުރުން ޕީއެސްޖީއަށް ކުޅޭ ބްރެޑްލީ ބާކޮލާ ވެސް ވަނީ ފްރާންސަށް ލަނޑެއް ޖަހައިދީ ސްކޯ 4-3 އަށް ބަދަލުކޮށްފައެވެ.

އޭގެ ފަހުން، މެޗުގެ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސާކާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 96 ވަނަ މިނެޓުގައި ފްރާންސްގެ އުސްމާން ޑެމްބެލޭ ލަނޑެއް ޖަހައި އަނެއްކާވެސް އުންމީދެއް އާކޮށްދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން އިންގްލޭންޑްގެ ޖޫޑް ބެލިންގްހަމް ވަނީ އެޓީމުގެ 6 ވަނަ ލަނޑު ޖަހައި މެޗުން ލޯޑު ނަގާފައެވެ.

މިއީ 1966 ވަނަ އަހަރު ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން، މި މުބާރާތުގައި އިންގްލޭންޑަށް ލިބުނު އެންމެ މަތީ ކާމިޔާބީއެވެ.