English Edition
Dhivehi Edition

އައްޑޫ މީދޫ މިނިވަން އުފާ 2026 ގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ގެ ނިޔަލަށް ހަމަވާނެއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 24 އިން 26 އަށެވެ.

މި މުބާރާތް ބެހިގެންވަނީ ތަފާތު ފަސް އުމުރުފުރާ އަކަށެވެ. އެއީ:

  • 9 އަހަރުން ދަށުގެ އުމުރުފުރާ: (ދުރުމިން: 25 މީޓަރު)
  • 12 އަހަރުން ދަށުގެ އުމުރުފުރާ: (ދުރުމިން: 50 މީޓަރު)
  • 16 އަހަރުން ދަށުގެ އުމުރުފުރާ: (ދުރުމިން: 100 މީޓަރު)
  • 40 އަހަރުން ދަށުގެ އުމުރުފުރާ: (ދުރުމިން: 100 މީޓަރު)
  • މާސްޓާޒް (ފަންސާސް އަހަރުން މަތި): (ދުރުމިން: 100 މީޓަރު)

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ނުވަތަ ޕޯސްޓަރުގައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ. މިއީ ފަހުގެ ތާރީހެއްގައި އައްޑޫ މީދޫގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.