English Edition
Dhivehi Edition
ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ

ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. ޒަމާނީ ގަތަރު ބިނާކުރުމުގެ އެންމެ މުހިންމު މޭސްތިރިޔާ އަވަހާރަވިކަން ގަތަރު ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އަމީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މުޅި އުންމަތަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް އަދި ދެރައެއް ކަމަށެވެ.

ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ 1995 އިން ފެށިގެން 2013 ގެ ނިޔަލަށް ގަތަރުގެ ވެރިކަން ކުރައްވައި، އެ ގައުމަށް އާދަޔާ ހިލާފު ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގެންނެވި މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ މީޑިއާގައި މިހާރު ނުފޫޒުގަދަ “އަލް ޖަޒީރާ” ނެޓްވޯކަކީ 1996 ވަނަ އަހަރު ޝައިޚް ހަމަދު ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދެވި ނެޓްވޯކެކެވެ. ގަތަރަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި ތަރައްގީވެފައިވާ އެއް ގައުމަށް ހެއްދެވުމުގައި އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ޝައިޚް ހަމަދަކީ ދިވެހިރާއްޖެއާ ވެސް ގާތް ގުޅުމެއް ބޭއްވެވި، އަދި ރާއްޖޭގެ އެކި ދާއިރާތަކުން ބޮޑެތި އެހީތަކެއް ވެދެއްވި ބޭފުޅެކެވެ. އެގޮތުން ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ އެމަނިކުފާނުގެ ދީލަތި އެހީގެ ދަށުން ރާއްޖޭގައި ބިނާކުރެވުނު ފާހަގަކޮށްލެވޭ މުހިންމު ބިނާއެކެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް އިމާރާތްކުރުމަށާއި މަރާމާތު ކުރުމުގެ އެކި މަޝްރޫއުތަކަށް ވެސް އެމަނިކުފާނު ވަނީ ގިނަގުނަ އެހީތަކެއް ވެދެއްވާފައެވެ.