English Edition
Dhivehi Edition
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން / ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކާއި ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކުގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ވަނީ ފަށާފައެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 16:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. ޖުމްލަ 130 ރަށު ދާއިރާއެއްގައި ވޯޓުލުން ކުރިއަށްދާއިރު މި އިންތިހާބުގައި 2،500 އަށްވުރެ ގިނަ ބޭފުޅުން އެކި މަގާމުތަކަށް އިންތިހާބު ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން
  • އަންހެނުންގެ ހަރަކާތުގެ ރައީސުން
  • ޒުވާނުންގެ ހަރަކާތުގެ ރައީސުން
  • ސްޓިއަރިން ކޮމިޓީގެ މެންބަރުން

ދާއިރާގެ ރައީސުން އިންތިހާބު ކުރަނީ ޕީއެންސީ ތަމްސީލްކުރާ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކަށް އެކަންޏެވެ. މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންނަކީ އޮޓޮމެޓިކުން އެ މެންބަރުންނެވެ.

ޕީއެންސީގެ އެސްޖީ ފަތުހީ ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ކޮންގްރެސް ޕާޓީގެ ރަސްމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަންޏެވެ. މި އިންތިހާބަކީ ރަށްރަށުގައި ޕާޓީގެ ހިންގުން ހަރުދަނާކޮށް ހަރަކާތްތައް ފުޅާކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ.