English Edition
Dhivehi Edition
ވިލިމާލެ ފެރީ ޓާމިނަލް - ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

ވިލިމާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ވިލިމާލެ ކަނދޮޅުމާގޯޅީގައި މި މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ 15:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހަކަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މާރާމާރީގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މީހުންނަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގު