English Edition
Dhivehi Edition
ތިލަމާލެ ބުރިޖުގެ ޕްލެޓްފޯމެއް: ފައިލް ފޮޓޯ ޕްލޭނިން މިނިސްޓްރީ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެށި ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ 37.71 އިންސައްތައިގެ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށާއި, އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅާލެވޭނެކަމަށް ލަފާކުރެވޭކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ބްރިޖުގެ 9 އިންސައްތައިގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

ނާޝިދު ވަނީ ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ދެމެދު 2021 ސެޕްޓެމްބަރު 16 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް 2024 މޭ 17 އަށް ނިންމުމަށެވެ. ނަމަވެސް، އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް ކުރީގެ ސަރުކާރު ނިމެން ކައިރިވެފައިވަނިކޮށް, މަސައްކަތް ނިންމުމުގެ މުއްދަތު 2026 ސެޕްޓެމްބަރު 30 އަށް ވަނީ އިތުރުކޮށްފައެވެ.

ޖުމުލަ 500 މިލިއަން ޑޮލަރު އަށް ނުވަތަ 7.7 ބިލިއަން ރުފިޔާ ހަރަދުކުރާ ތިލަމާލެ ބްރިޖު މަޝްރޫއަށް މި ސަރުކާރު ހަވާލުވިފަހުން ފާއިތުވީ ހަ މަސްދުވަހުގެ ތެރޭގައި އިމާރާތްކުރުމުގެ ސްޕީޑު ރަނގަޅުވެފައިވާކަން ފާހަގަކުރެވެއެވެ.

ޓެގު