English Edition
Dhivehi Edition

ވިލިމާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މ. އާޒާދީގުލްޝަން / އާތިފާ ޢަބްދުﷲ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށާއި އާތިފާއަކީ އުމުރުން 53 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ ރިޕޯޓު ލިބުމުން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތްތ ފަށާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 30 ވަނަ ދުވަހުގެ 22:45 ހާއިރު، ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން ކަމަށާއި އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއް ކަމަށާއި އަދި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އާތިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ، ވީއެންމެއަވަހަށް ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.