English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެއެވެ.

ފުލުހުން ގެއްލިގެން ހޯދަން އިއުލާންކޮށްފައިވަނީ ދ. މީދޫ / ދުނބުރިމާގެ، (މިހާރު ދިރިއުޅޭ އެޑްރެސް: ވ. ލަކީސްޕޮޓް) މަރްޔަމް ރާމިޒާ (36އ)ކެވެ. ފުލުހުން ބުނީ އޭނާ މިއަދު 11:40 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށާ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދޭތެރެ ދޭތެރެއިން މާލެ ސަރަހައްދުން މީހުން ގެއްލިގެން ހޯދަން އިއުލާންކުރާއިރު، މިކަމަކީ ފުލުހުން ސީރިއަސްކަމާއެކު ބަލަންޖެހޭ މައްސަލައެއް ކަމުގައި އާންމުން ދެކެއެވެ.

ޓެގު