English Edition
Dhivehi Edition
ފޮޓޯ: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ހިތުގެ ބަލިތަކަށް ހާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.

ނޭޝަނަލް ސެންޓާ ފޯ ކާޑިއޯވަސްކިއުލާ ސައިންސަސް (އެންސިސީއެސް) އާއި އައިޖީއެމްއެޗް ގުޅިގެން ހުޅުވި މި ކްލިނިކަކީ ކާޑިއަކް އިމްޕްލާންޓެބަލް އިލެކްޓްރޯނިކް ޑިވައިސް ފޮލޯއަޕް ކްލިނިކެކެވެ.

މިހާތަނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޓީމާއެކު 6 ކޮރޮނަރީ އެންޖިއޯގްރާމް އަދި 2 ކޮރޮނަރީ އެންޖިއޯޕްލާސްޓީ ވަނީ ހަދާފައެވެ. ފުވައްމުލަކުގެ 3 ޕޭޝަންޓުން ހިމެނޭ ގޮތަށް ޖުމްލަ 7 މީހަކަށް މިހާރުވެސް މި ކްލިނިކް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

މި ކްލިނިކަކީ މުޅި ރާއްޖެއަށް ގައުމީ ކާޑިއޯވަސްކިއުލާ ކެއާ ނެޓްވޯކެއް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވުނު ތަނެކެވެ.