English Edition
Dhivehi Edition
މަސްތުވާ ތަކެތި ފައިލް ފޮޓޯ /ޕޮލިސް

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މި ޖޫން މަހުގެ 18 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަަމަށެވެ. އެގޮތުން އަތުލައިގަތީ 3610 ގްރާމްގެ ސިންތަކެޓިކް ކެތިނޯންކަމަށް ކަސްޓަމަސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ، ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ޕޯސްޓް އޮފީހުން ކަމަށެވެ.

ކަސްޓަމްސްއިން މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.