2026 ގެ ވޯލްޑް ކަޕް ކުއާޓަރ ފައިނަލް މަރުހަލާއަށް ދާއިރު، ފުރަތަމަ ކުރިމަތިލުމަކަށް ވާނީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ފްރާންސް އާއި އެފްރިކާގެ ޗެމްޕިއަން މޮރޮކޯގެ ކުރިމަތިލުމެވެ.
ފީފާ ވޯލްޑް ކަޕް 2026ގެ ކުއާޓަރ ފައިނަލްގައި މި ދެ ޓީމް ބައްދަލުކުރާ މެޗު އޮންނާނީ ބޮސްޓަން ސްޓޭޑިއަމް، ފޮކްސްބޮރޯ، މެސެޗުސެޓްސް، އެމެރިކާގައެވެ.
ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އަދި 2022 ގެ ރަނަރަޕް ފްރާންސް އަކީ މި މުބާރާތުގައި އެންމެ ބެލެންސްޑް ޓީމެވެ. އެޓީމުން ވަނީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 14 ގޯލު ޖަހާފައެވެ.
ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ. މޮރޮކޯ އަކީ މިހާރު ހަމައެކަނި ޗެލެންޖްކުރާ ޓީމެއް ނޫނެވެ، އެއީ ތަށި ހޯދުމުގެ ފުރުސަތު އޮތް ޓީމެކެވެ. 2025 ގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށް، ބަލިނުވެ 34 މެޗު ހަމަކޮށްފައިވާ މޮރޮކޯ ނުކުންނާނީ ފްރާންސް ބަލިކޮށް ސެމީ ފައިނަލަށް ދިއުމަށެވެ.