English Edition
Dhivehi Edition

ފީފާ ވޯލްޑްކަޕް 2026 ގެ ގަދަ 8 ގެ ޖާގައެއް ސްޕެއިންއިން ކަށަވަރުކޮށްފިއެވެ. ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޕޯޗުގަލްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މުޅި މެޗުގައި ދެޓީމުން ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް، 90 މިނެޓު ހަމަވިއިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓުގެ ތެރެއިން 91 ވަނަ މިނެޓުގައެވެ. މި ލަނޑު ސްޕެއިންއަށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިކެލް މެރީނޯ އެވެ.

މި ބައްޔާއެކު ޕޯޗުގަލް މުބާރާތުން ކަޓާފައިވާއިރު، މިއީ އެޓީމުގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޖާޒީގައި ފެނުނު ފަހު މެޗަށް ވުން ވަރަށް ގާތެވެ.

މިއީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފަހުން ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، ސްޕެއިން މިވަނީ ބައިކޮޅަށް އެއްވެސް ގޯލެއް ވަނަނުދީ ޖައްސަޖައްސައިގެން 6 މެޗު ނިންމާލި ފުރަތަމަ ޓީމުގެ ޝަރަފް ވެސް ހޯދާފައެވެ.