މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި، ރޭ ކުޅުނު ފޯރިގަދަ މެޗުން ސައުދީ އަރަބިއްޔާ އަތުން 4-0 ގެ ބޮޑު ތަފާތަކުން ސްޕެއިން މޮޅުވެއްޖެއެވެ.
މިއީ މުބާރާތުގައި ސްޕެއިން ހޯދި ފުރަތަމަ މޮޅެވެ.
މެޗުގެ 10 ވަނަ މިނެޓުގައި ސްޕެއިންގެ ޒުވާން ވިންގަރު ލަމީން ޔަމާލް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. މިއީ އޭނާ ވޯލްޑްކަޕްގައި ޖެހި ފުރަތަމަ ލަނޑެވެ. ފޯވަޑް މިކެލް އޮޔާޒަބާލް ވަނީ މި މެޗުގައި ދެ ލަނޑު ޖަހައި، އިތުރު ލަނޑަކަށް އެސިސްޓް ކޮށްދީފައެވެ. އޭނާގެ ލަނޑުތައް ފެނުނީ މެޗުގެ 21 ވަނަ މިނެޓާއި 24 ވަނަ މިނެޓުގައެވެ. ސްޕެއިންގެ ހަތަރުވަނަ ލަނޑަކީ ސައުދީ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
މި މޮޅާއެކު ލިބުނު 3 ޕޮއިންޓާއެކު ސްޕެއިން ވަނީ ގްރޫޕް އެޗްގެ އެއްވަނައަށް ޖެހިލާ، ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.
ސައުދީ އަރަބިއްޔާ ބަލިވި ނަމަވެސް، ފުރަތަމަ މެޗުން އެއްވަރުވެފައި އޮތުމުން އެޓީމަށް ވެސް އަދި ދެވަނަ ބުރަށް ދިއުމުގެ އުންމީދު އެއްކޮށް ނުގެއްލެއެވެ.