English Edition
Dhivehi Edition
ބީއެމްއެލް މޯބައިލް އެޕް: ފޮޓޯ ފަރުދުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓަށް ވަރަށް އަވަހަށް ލުއިތަކެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ވިދާޅުވީ، ދިވެހިން އާންމުކޮށް ވިޔާފާރިކުރާ ބޭރުގެ އީކޮމާސް ސައިޓުތަކުން މަހެއްގެ މައްޗަށް ކުރެވޭ މުއާމަލާތްތަކަށް ބޭންކުން ދޭން ނިންމާފައިވާ ލުއިތައް މި ހަފުތާ ނިމޭހާތާ ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު ރަސްމީކޮށް އާންމުކުރާނެ ކަމަށެވެ.

ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް “ހެޔޮ ބަދަލުތަކެއް ގެނައުމަށް” ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށް ބީއެމްއެލް އިން ވެސް ކުރިން ބުނެފައިވެ އެވެ.

ޑޮލަރުގެ ތާށިކަމާ ހުރެ ބީއެމްއެލް އިން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން މުއާމަލާތްތައް ކުރުން ވަރަށް ބޮޑަށް ހިފަހައްޓާފައިވުމުން، ބޭރުގެ ވެބްސައިޓުތަކުން ކުދިކުދި އެއްޗެހި ގަންނަން އުޅޭ އާންމު ރައްޔިތުންނަށާއި ކުދި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.