English Edition
Dhivehi Edition
ށ. މިލަންދޫ / ސުނީތާހައުސް، ޢަލީ އިބްރާހީމް ފޮޓޯ ފުލުހުން

ރާއްޖޭގެ އުތުރުގެ ރަށެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ދިވެހި ފިރިހެނަކު، އޭނާގެ އަމިއްލަ ބައްޕަ އާއި އާއިލާގެ އެހެން މެންބަރުންގެ ހެކިބަހާއެކު އުމުރު ދުވަހަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކޮށްފައިވަނީ ށ. މިލަންދޫ / ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ)އެވެ.

މިދިޔަ އާދިއްތަ ދުވަހު ކޯޓުން އިއްވި މި ހުކުމްގައިވާ ގޮތުން، ކުށް ސާބިތުވި މީހާ އުމުރަށް ޖަލަށް ލުމާއެކު 100,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވަނީ އަމުރުކޮށްފައެވެ. އަދި މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށްވެސް ހުކުމްގައިވެއެވެ.

އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ދެން ތަންފީޒު ކުރަންޖެހޭނީ 24 އަހަރާއި 11 މަހާއި 1 ދުވަހުގެ ޖަލު އަދަބެކެވެ.