English Edition
Dhivehi Edition

ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން ވަދެ މާރާމާރީ ހިންގާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯއިން ފެންނަނީ ފިހާރައަށް ތޫނު ހަތިޔާރާއެކު ވަތް މީހާ ހިފަހައްޓައިގެން ބަޔަކު މީހުން އުޅޭ މަންޒަރެވެ. އެ މީހާ ހިފަހައްޓައިގެން 4 ވަރަކަށް މީހުން އުޅެއެވެ.