ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް މުހައްމަދު ސާލިހްގެ ދީލަތި އެހީގައި އައްޑޫ ސިޓީގެ ހުޅުދޫގައި ބިނާ ކުރެެއްވި މިސްކިތް ‘މަސްޖިދު ޒުލައިހާ މުހައްމަދު’، އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހުޅުވައިދެއްވައިފިއެވެ.
އިއްޔެ ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި މުހައްމަދު ސާލިޙުއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، މުހައްމަދު ސާލިހުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަގްފުކޮށް މިސްކިތެއް ބިނާކުރެއްވިކަމަށްޓަކައި އެކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އަދުގެ ޒުވާން ޖީލަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.