English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، “ފުޓުބޯޅަ ފޯރި” ނަމުގައި އުރީދޫ މޯލްޑިވްސްއިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.

މި ކެމްޕޭނަކީ އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ މެޗުތައް ފަސޭހަކަމާއެކު ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމަށާއި، ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެކެވެ.

ވޯލްޑް ކަޕް ތަޖުރިބާއަކަށް “Weare26” ޕެކް

މި ކެމްޕޭނުގެ ދަށުން އުރީދޫއިން ވަނީ އެމްޓީވީ “Weare26” ގެ ނަމުގައި ހާއްސަ މީޑިއާނެޓް ޕެކެއް ތައާރަފްކޮށްފައެވެ. 10 ޖޫން އިން ފެށިގެން 20 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275 ރުފިޔާއަށް މި ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޕެކޭޖުގައި ހިމެނެނީ:

  • 3 ޖީބީ ރެގިއުލާ ޑޭޓާ: އެއްވެސް ހުރަހެއްނެތި ކޮންމެ އެޕްލިކޭޝަނެއްގައިވެސް ބޭނުންކުރެވޭނެ ޑޭޓާ.
  • މީޑިއާނެޓް ޓީވީ ސަބްސްކްރިޕްޝަން: ވޯލްޑް ކަޕް މުބާރާތް ނިމެންދެން، ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މެޗުތައް ބަލައިލެވޭނެ ހިދުމަތް. މި ޕެކޭޖަށް ސަބްސްކްރައިބް ކުރެވޭނީ އުރީދޫ އެޕްގެ “ހޮޅުއަށި” މެދުވެރިކޮށެވެ. އަދި މި ހިދުމަތަށް ނަގާ ފީ އުރީދޫ ޕޯސްޓްޕެއިޑް ބިލަށް ނުވަތަ ޕްރީޕެއިޑް ބެލެންސުން އުނިކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުން މި ބޮޑު ކުޅިވަރު މުބާރާތުގެ އުފާ ހޯދަމުން އަންނައިރު، އުރީދޫއިން ތައާރަފްކުރި މި ލުއިތަކާއެކު ދިވެހި ސަޕޯޓަރުންނަށް ވެސް ފޯރިގަދަ ވޯލްޑް ކަޕް ތަޖުރިބާއެއް ލިބިގެންދާނެއެވެ.