English Edition
Dhivehi Edition

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިއީ މަސް ގަންނަ އަގު 18 ރުފިޔާ 50 ލާރިއަށް ބޮޑުކުރިތާ 48 ގަޑިއިރު ވެސް ނުވަނީސް ގެނައި ބަދަލެކެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، މިއަދުން ފެށިގެން އެ ކުންފުނީގެ ހުރިހާ ބަނދަރުތަކަކާއި މަސް ގަންނަ ސެންޓަރުތަކުން ކަޅުބިލަމަސް ގަންނަމުންދާނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ. ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ކުންފުނިން ބުނީ ކަނޑުމަސް ގަންނާނެ އެންމެ ދަށް އަގަކީ މިހާރު 16 ރުފިޔާއެވެ. އަދި ކޮންމެ ދުވަހަކު ވެސް މަސް ލިބޭ މިންވަރަށާއި ބާޒާރުގެ އަގުތަކަށް ބަލައި އަގު ބަދަލުވަމުންދާނެކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

ކަޅުބިލަމަހުގެ އަގަށް ބަދަލު އައި ނަމަވެސް، ކަންނެލި ގަންނަ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މިހާރު ކަންނެލި ގަންނަ އަގުތަކަކީ:

  • 10 ކިލޯ އާއި 15 ކިލޯއާއި ދެމެދު 20 ރުފިޔާ
  • 15 ކިލޯއިން މައތި 25 ރުފިޔާ