އަދިތްޔަ ދާރުގެ ‘ދުރަންދަރު’ ފްރެންޗައިޒްގެ ކާމިޔާބީއަށްފަހު، މި ސިލްސިލާގެ ތިންވަނަ ފިލްމެއް ނުވަތަ އައު މަޝްރޫއެއް ފެނިގެންދާނެކަމުގެ އިޝާރާތެއް ޕްރޮޑިއުސަރު ޖްޔޯތީ ދޭޝްޕާންޑޭ ދީފިއެވެ.
ޖްޔޯތީ ހާމަކުރި ގޮތުގައި މި ފްރެންޗައިޒްގެ މަސައްކަތް އަދި ނުނިމެއެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ބެލުންތެރިންނަށް ހާއްސަ ސަޕްރައިޒެއް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ ރަންވީރު ސިންގް ކުޅެފައިވާ ހަމްޒާ އަލީ މަޒާރީގެ ކެރެކްޓަރާ އަދި ނުނިމޭ ކަމަށެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ‘ދުރަންދަރު 3’ އެވެ. ނަމަވެސް ބައެއް މީހުން ބުނަނީ މިއީ މި ފިލްމުތައް އުފެއްދި ގޮތުގެ ޑޮކިއުމެންޓްރީއަކަށް ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ފިލްމުގައި މުހިންމު ރޯލެއް ކުޅޭ އެކްޓަރު ރާކޭޝް ބޭދީ ބުނި ގޮތުގައި، ވާހަކަ ނިމޭ ގޮތުން ތިންވަނަ ބައެއް އައުން ދުރެވެ. އެހެންނަމަވެސް، މިއީ ފްރެންޗައިޒްއަކަށް ވާތީ އައު އެކްޓަރުންނާއެކުވެސް ކުރިއަށް ގެންދެވިދާނެއެވެ.
މި ފްރެންޗައިޒްގެ ފުރަތަމަ ދެ ފިލްމު ކަމަށްވާ ‘ދުރަންދަރު’ އަދި ‘ދުރަންދަރު: ދަ ރިވެންޖް’ އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމެވެ.