English Edition
Dhivehi Edition
-ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އާއިލާ އަށް ވީނުވީ އެއް ނޭގި ގެއްލިގެން ހޯދާފައިވަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، އާއިޝަތު އަލްޔާ އަލީ (15އ) އެވެ.

ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ފުލުހުން ބުނީ މިހާރު އަލްޔާ ފެނިފައިވާކަމަށާއި، އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ފަހަކަށް އައިސް ރާއްޖެއިން ވީނުވީ އެއް ނޭގި މީހުން ގެއްލިގެން ރިޕޯޓްކުރާ މައްސަލަ އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި ކުޑަކުދިން ގެއްލިގެން ރިޕޯޓްކުރާ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

ޓެގު