މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާ ބެހޭ ކޮމިޓީން ހުޅުވައިލައްވައިފިއެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އުސޫލުގައިވާ ގޮތުން އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނ،ީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފައިވާ “ގައުމީ އިނާމާބެހޭ ކޮމިޓީ” އިންނެވެ.
ގައުމީ އިނާމުގައި ހިމެނޭނ،ީ 2 ގިންތިއެވެ. އެއީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއ،ި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނ،ީ އައްޑަނައަކާއ،ި ޝަރަފުގެ ބެޖަކާއ،ި ހަނދާނީ ލިޔުމެކެވެ. ހިތްވަރުދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނ،ީ ހަނދާނީ ފިލައަކާއ،ި ހަނދާނީ ލިޔުމެކެވެ.
ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލާފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭނެއެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޯޓަލް މެދުވެރިކޮށްގެންނެވެ.