English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ އާއިލީ ކުޅިވަރު ހަވީރު - ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

އަމާޒަކީ މިއަހަރު ނިމޭއިރު ކޮންމެ ރަށެއްގައިވެސް މަދުވެގެން ހަފްތާއަކު ތިން ދުވަހު 45 މިނެޓު ނުވަތަ ގަޑިއެއްހާއިރުގެ ކަސްރަތު ޕްރޮގްރާމެއް ބޭއްވުން ކަމަށް ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާފިއު ވިދާޅުވީ މިވަގުތު އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ އެއް ކަމަކީ އަލަށް އުފެދުނު ފިޓްނެސް އެންޑް ރިކްރިއޭޝަން ޑިޕާޓްމެންޓުގެ މަސައްކަތްތައް ބާރު ދުވެލީގައި މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެޑިޕާޓްމެންޓުން މަސައްކަތް ކުރަމުންދާނީ، ފިޒިކަލް އެކްޓިވިޓީ ނުވަތަ ޖިސްމާނީ ހަރަކާތްތެރިކަމުގެ ޕްރޮގްރާމުތައް ރާއްޖޭގެ އެކި ރަށްތަކަށް ފުޅާކުރުމަށް ކަމަށެވެ .އެގޮތުން އެންމެ ބޮޑު އަމާޒަކީ މިއަހަރު ނިމޭއިރު ކޮންމެ ރަށެއްގައިވެސް މަދުވެގެން ހަފްތާއަކު ތިން ދުވަހު 45 މިނެޓު ނުވަތަ ގަޑިއެއްހާއިރުގެ ކަސްރަތު ޕްރޮގްރާމެއް ބޭއްވުންކަން ރާފިއު ވިދާޅުވިއެވެ.