އުރީދޫ މޯލްޑިވްސްގެ “ހިނގާ” ޕްރޮމޯޝަންގެ ދެވަނަ ގުރުއަތުލުމަށް އެއް މަސް ދުވަހަށް ވެފައިވާއިރު ކަސްޓަމަރުން ކުރާ ކޮންމެ ރީޗާޖަކާއި، ބިލު ދެއްކުމަކާއި އަދި އެކްޓިވޭޝަނަކާއެކު، ކުރިއަށް އޮތް ގުރުއަތުލުމުގެ ފޯރި ދަނީ ގަދަވަމުންނެވެ.
އުރީދޫ އިން ބުނީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި 2026 ވަނަ އަހަރުގެ ތެރޭގައި ޖުމްލަ ހަ އޭޓީވީ (ATV) ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުމާއި ގުޅޭ މިފަދަ އުޅަނދެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާއިރު ޕްރޮމޯޝަނުގައި ބައިވެރިވުމަކީ ފަސޭހަ ކަމެކެވެ.
އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މީގެ ތެރޭގައި ހިމެނެނީ:
ކޮންމެ ޓްރާންސެކްޝަނަކާއެކު ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރި ފަރާތަކީ ނ. ހޮޅުދޫ، ހަސަން ނިޝާންއެވެ.